މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓު ނެގުން މިއަދު މެންދުރު 13:30 އަށް ތާވަލުކޮށްފި އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓްއަށް މިއަދު ވަނީ ބަހުސްކުރަން ފަށައިފަ އެެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި އޮތީ ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

ނަމަވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޑިމޮކްރެޓްސްއިން ވަނީ ނިންމައިފަ އެވެ.

ހަމަ އެހެންމެ ބައެއް ވަޒީރުންގެ ފުރިހަމަ ގާބިލުކަން ނެތް ކަން ދޭހަވާ ގޮތަށް އެމްޑީޕީގެ މެމްބަރުން ވަނީ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް ސަރުކާރާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މެމްބަރުން ވަނީ ޒާތީކަން ނުބަހައްޓަވައި ޕްރޮފެޝަނަލް މިންގަނޑުގައި ހިފަހައްޓަވައި ވަޒީރުންނަށް ރުހުން ދޭން ގޮވާލައްވައިފަ އެވެ.

މިއަދުގެ ޖަލްސާ 10 ޖެހިތާ ކުޑައިރުކޮޅެއްެ ތެރޭގައި ވަނީ މެދުކަނޑާލައިފަ އެވެ. އަދި މެންދުރު 13:30 ގައި ވަޒީރުންނަށް ރުހުން ދޭން ވޯޓު ނަގަން ވަނީ ތާވަލުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން