ޑިއުޓީގައި ތިބޭ ފުލުހުންނަށްދޭ ހަމަލަތަކަކީ މާފުނުދެވޭ ކުށެއްގެ ގޮތުގައި ހެދުމަށް ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަ ކުށްވެރި ކުރައްވާފައި ވެއެވެ. އަދި ޑިއުޓީގައި ތިބޭ ފުލުހުންނަށްދޭ ހަމަލަތަކަކީ މާފުނުދެވޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ގޮތުގައި ފުލުހުންގެ ޤާނޫނުގައި ހިމަނަންޖެހޭ ކަމަށް ކުރީގެ ސީޕީ ވިދާޅުވިއެވެ.
"ޕީޕީއެމް އާއި ޕީއެންސީން މާލޭގައި ރޭ ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ކުޅު ޖަހާފައިވާ ފޮޓޯއެއް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވަނީ ޓުވީޓް ކުރައްވާފައެވެ. ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދިވެސް މި ތިބީ ކޮވިޑް-19ގެ ނުރައްކަލުގެ ތެރޭގައި ކަމަށާއި މިފަދަ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށާއި އެ ކަންތައް ތަހުގީގު ކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ވަނީ މުޒާހަރާގެ ތެރެއިން ބައިވެެރިއަކު ފުލުހުންގެ ގަޔަށް ކުޅު ނުޖަހާ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނަނީ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ ރާވައިގެން އެހެން ބަޔަކު ކަމަށެވެ. އަދި އެއީ ސިޔާސީ ސްޓަންޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެކަަމަށް ފާޑުކިޔައި އެކަން ކުރި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު