ކުރީގެ މެމްބަރު އަސްމާ-- ފޮޓޯ/ މަޖިލިސް
ކުރީގެ މެމްބަރު އަސްމާ-- ފޮޓޯ/ މަޖިލިސް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ ހަމައެކަނި ކާމިޔާބު ކުރެއްވި އަންހެން ބޭފުޅާ އަދި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދަށް ކުރީގެ ފޮރިން މިނިސްޓަރު

ދުންޔާ މައުމޫން ތައުރީފް ކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ދުންޔާ ކުރެއްވި އެކްސްއެއްގައި ވަނީ އަސްމާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ދުންޔާ ވިދާޅުވީ އަސްމާއަކީ ހަގީގަތުގައި ވެސް ވަރަށް ހިތްވަރު ގަދަ އަންހެން ކަނބަލެއް ކަމަށެވެ.

ހަމަ އެހެންމެ ޕްރައިމަރީގައި ވާދަ ކުރެއްވި ހިތްވަރު ގަދަ އަންހެނުންނަށް ވެސް ދުންޔާ ތައުރީފް ކުރެއްވި އެވެ.

"ނާކާމިޔާބުން އަދި ނިންމާނުލައްވާ." އަންހެނުންނަށް އިލްތިމާސް ކުރައްވާ އިތުރަށް ވިދާޅުވި އެވެ.

އިއްޔެ ނިމިގެން ދިޔަ ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީގައި 283 ބޭފުޅަކު ވާދަ ކުރެއްވި އިރު އޭގެ ތެރޭގައި 32 އަންހެން ބޭފުޅުންވެސް ހިމެނެއެވެ.

ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވި ބޭފުޅުންގެ ތެރޭގައި ހުރާ ދާއިރާއަށް ވާދަ ކުރެއްވި މަކަނުކުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން