ވަކި މާއްދާއެއްގެ ގޮތުގައި ބައެއް ސްކޫލުތަކުގައި "ގައުމިއްޔަތު" ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

ގައުމިއްޔަތު މާއްދާ ރަސްމީކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން އެ މާއްދާ ފުރަތަމަ ކިޔަވައިދޭން "ޕައިލެޓް" ޕްރޮޖެކްޓެއްގެ ދަށުން މިއަދު ފެށީ 11 ސްކޫލެއްގަ އެވެ.

އެއީ މާލޭގެ ހަތަރު ސްކޫލް ކަމަށްވާ ކަލާފާނު، ތާޖުއްދީން،، މުހުޔިއްދީން އަދި ސަލާހުއްދީން ސްކޫލުގަ އެވެ.

އޭގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މިއަދު އެ މާއްދާ ކިޔަވައިދޭން ފެށި އެވެ.

މިއަދު އެ މާއްދާ ކިޔަވައިދޭން ފެށީ ގްރޭޑް ހަތަރަކަށް އެކަންޏެވެ.

އެންމެ ފުރަތަމަ އެ މާއްދާ ކިޔަވައިދޭން ފަށާނީ ގްރޭޑް ހަތަރަަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއިން ފެންނަ ނަތީޖާއަށް ބެލުމަށް ފަހު ފަހުން ރަސްމީ މަންހަޖުގައި ހިމަނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން