ވަޒީރުން އަލުން ޢައްޔަންކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންވާ ކަމަށް ރައީސްގެ ޚާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްޜެޓްސްގެ މެންބަރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ނުދޭނެ ކަމަށް ބުނުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިހާރު މަޖިލީސް އިމާރާތް ކުރިމަތީގައި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.

މަޖިލީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އިިދިކޮޅުން އެ އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. ވަޒީރުންނަށް ރުހުން ނުދިނަސް، ވަޒީރުން މިހާރު އެތިއްބެވި މަޤާމްތަކަށް އަލުން ޢައްޔަންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ރުހުން ނުދިނީ، މިއަދު ހަމަ އެ މީހުން ހަމަ އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތަނަކުން. އެހެންވެ މި ދަންނަވަނީ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ޒިންމާދާރުކަން ކުޑަ ކަމެކޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީން މިގޮތަށް މިއަދު ކަންތައް ކުރިނަމަވެސް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނަގާނީ ޕީއެންސީން ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން