ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލް ހަކީމަށް ހަމަލާދީ ޒަޚަމް ކޮށްލައިފި ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައިވާ ގަޑިއަށް މަޖިލިސް ފެށިޔަނުދީ ސަރުކާރަށް ތާއީދުކުރާ މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރަމުން ދިއުމުންނެވެ.





އެގޮތުން ބްރޭކަށް ފަހު މަޖިލިސް ޖަލްސާ ފެށިޔަނުދީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަނީ މަޖިލީހުގެ ރައީސަށް ވެސް ހުރަސް އަޅަމުންނެވެ. ސަރުކާރު މެންބަރުން މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުރަސް އަޅަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާއި ގުޅިގެންނެވެ.

ޝަހީމަށް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޝަހީމަށް ހަމަލާދިނީ ކެނދިކުޅުދޫ ދާއިރާގެ އަހުމަދު ޢީސާ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވިގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ. މި ހަމަލާގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން