ހޮނިހިރު ދުވަހު ރަސްމީކޮށް ކިޔަވައިދިނުމަށް އަންގާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިިސްޓްރީން މިހެން ބުނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސިލަބަސް ކަވަރު ނުކުރެވޭ ސްކޫލުތަކުން ހޮނިހިރު ދުވަސްތަކުގައި ރަސްމީކޮށް ކިޔަވައި ދޭން އުޅޭ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް ކަމަށާއި ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން މިނިސްޓްރީއިން އަންގާފައި ނުވާނެ ކަމަށް އެޑިޔުކޭޝަނުން ބުނެފައި ވެއެވެ. އަދި އެގޮތަށް ހުއްދައެއް ނުދޭނެ ކަމުގެ ޔަގީންކަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

"އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއް. ހޮނިހިރު ދުވަހު އާންމުކޮށް ކިޔަވައިދޭން މިނިސްޓްރީން އަންގައިފައެއް ނުވާނެ. އަދި އެގޮތަށް ހުއްދައެއް ދީފައެއް ވެސް ނުވާނެ،" މިނިސްޓްރީން ބުންޏެވެ.

އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އެކަމުގައި އެެއްވެސް ހުރަހެއް ނެތްކަން މިނިސްޓްރީން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން