އިދިކޮޅު ކޯލިޝަނުން ދިވެހި ފުލުހުންނާއި، ސަލާމަތީ ބާރުތަކަށް ފުރިހަމަ އިހުތިރާމް ކުރާނެކަމަށާއި، ސަލާމަތީ ބާރުތަކުގެ ޔުނިފޯމަށް އަބަދުވެސް އިހުތިރާމް ކުރާނެކަމަށް އިދިކޮޅު ޕީޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހެއްގެ ގަޔަށް "ހައްޕުނޑު" ޖެހި މައްސަލާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މިދަނޑިވަޅުގައި ސައީދު ވިދާޅުވީ އެއީ ޕީޕީއެމް ޕީއެންސީގެ އެއްވެސް އާންމު މެމްބަރަކު އަދި ލީޑރޝިޕްގެ ބޭފުޅަކު ވެސް ުތާއީދު ކުރާނެ ކަމެއްނޫންކަމަށެވެ. އެކަން ކުރިމީހަކު ކޮށްފައިވަނީ އިދިކޮޅުގެ ބޮލުގައި އެކަން އަޅުވައި ވަކި ކަންތައްތަކެއް ހާސިލް ކުރަންކަމުގައި ސައީދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނަކީ ރާއްޖޭގެ ޝަރަފްކަމުގައިވާ ސަލާމަތީ ބާރުތަކަށް އަބަދުވެސް އިޚްތިރާމުކުރާ ބައެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިހާތަނަށް މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް މުޒާހަރާކޮށް ހަނޑިހުތުރު ބަހުން ވާހަކަ ދައްކާފައިވަނީ ކޮންބައެއްކަން ފަހަތަށް ބަލައިލުމުން ވަރަށް ސާފުކޮށް ފެންނަން ހުންނާނެކަމަށް ސައީދު ވިދާޅުވިއެވެ.
"ފުލުހުންގެ ޝަރަފް މިޤައުމުގައި ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް ގާއިމް ކުރާނީ ޕީޕީއެމް، ޕީއެންސީ. އެމްޑީޕީންވަނީ މިކަމުގައިވެސް ދިމާ އިދިކޮޅު ދައްކާފަ. އެއިއުރުވެސް މިހާރުވެސް އެކަމަށް ބަދަލެއް ނުވޭ. ޕީޕީއެމް ޕީއެންސީން މި ރާއްޖޭގެ ފުލުހުންގެ ޔުނިފޯމްގެ ހުރުމަތެއް ނުކަނޑާނެ." ސައީދު ވިދާޅުވިއެވެ.
އިދިކޮޅު މުޒާހަރާގައި ރޭ ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ ދިފާއުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޤައުމުގެ ސަލާމަތީ ބާރުތަކަކީ ޕީޕީއެމް، ޕީއެންސީގެ ފުރިހަމަ އިހުތިރާމާއި ގަދަރު ލިބިގެންވާ ބައެއްކަމަށެވެ. އަދި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ކުރެވޭ ކޮންމެ ފުރައްސާރައަކާއި، އަނިޔާއަކަށް އިދިކޮޅު ކޯލިޝަނުން އަބަދުވެސް ދެކޮޅު ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ދިވެހި ފުލުހުންނާއި ސިފައިންނަކީ ޤައުމުގެ އެންމެ މަތީ އިހުތިރާމާއި ގަދަރު ތާއަބަދަށް ލިބިގެންވާ ބައެއް. ފުލުހުންނާއި ސިފައިންނަށް ކުރެވޭ ކޮންމެ ފުރައްސާރައަކާއި ދޭތެރޭ ކޮންމެ ގެއްލުމަކާއި، ކުރެވޭ ކޮންމެ އަނިޔާއަކާއި ދެކޮޅު ހަދަން. އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ." މުއިއްޒުގެ ޓްވީޓްގައ ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުޖެހި މައްސަލައެއް ތަޙްޤީގުކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެމްޑީޕީންއާއި، އެޕަޓީއަށް ތާއީދު ކުރާ މީހުންދަނީ މިއީ އިދިކޮޅުން ފުލުހުންނަށް އަމާޒުކޮށް ކުރި ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިއީ އެމީހުން ކުރިކަމެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު