ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ގއ. ވިލިނގިލިން ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ގއ. ވިލިގިލިން ވަނީ އިތުރު ޕަރޓޫސިސް ކޭސްއެއް (ހޯއްގޮވާ ބަލި) ފެނިފައި ކަމަށެވެ. މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަކަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ގއ. ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކެއްސުމުގެ އުނދަގޫތައް ދިގުލައިގެން ދިއުމަށް މެދުވެރިވާ ޕަރޓޫސިސްއަކީ މީގެ ކުރިން ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ބައްޔެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ޖުމްލަ 4 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ޕަރޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.
* މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
* އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
* 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސް ގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިން ގެ ވެކްސިން ފުރިހަމަ ކުރުން.
* އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކުރުން.

ކިޔުންތެރިންގެ ހިޔާލު