ގުޅީފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ކޮންސްޓްރަކްޝަނާއި ބެހޭ މިިނިސްޓްރީން މިކަން ހާމަކުރީ މީސް މީޑިއާގައި ކުރި ޕޯސްޓެއްގެ ޒަރީޔާއިންނެވެ.



ގުޅީފަޅު ސަރަޙައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަޙައްދެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން