ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ޢައްޔަންކުރެއްވި 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ތާވަލުކުރި މިރޭގެ ޖަލްސާ ވެސް ފެށުމަށްފަހު ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.

މިރޭގެ ޖަލްސާގައި ރިޔާސަތުގެ ގޮނޑިކޮޅުގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އިށީނދެ ވަޑައިގަރުންމާއެކު ޕީއެންސީގެ ބައެއް މެންބަރުން ވަނީ އަސްލަމް އަރިހަށް ވަޑައިގެން ދުންމާރި ފުމެން ފައްޓަވާފައެވެ. އެންމެ ފަހުން އަސްލަމް ވަނީ ހުސްވަގުތުކޮޅެއް ނެންގެވުމަށްފަހު މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގެންފައެވެ.



މިއަދު މެންދުރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް ރުހުން ނުދޭން ނިންމާފައެވެ. އެއާއެކު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުން މިއަދު މެންދުރު 01:30 އަށް ތާވަލުކުރި ނަމަވެސް ޕީއެންސީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދު ކަނޑާލުމަށްފަހު މިރޭ 08:00 އަށް އަނެއްކާވެސް ވަނީ ޖަލްސާ ތާވަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން