ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް ނޭހި މިއަދުގެ މަޖިލިސް ދެވަނަ ފަހަރަށް ނިންމާލައިފިއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި މަޖިލީހުގެ ޖަލްސާ އެކިފަހަރުމަތިން މެދުކަނޑާލަން ޖެހުނުއިރު މިރޭ ވެސް ޖަލްސާ ކުރިއަށް ގެންގޮސް ވޯޓަށް އެހޭތޯ ރިޔާސަތުން ދިޔައީ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އިހުތިޖާޖުކޮށް ހަޅޭލަވާ ދުންމާރިފުމެ ޖަލްސާ ކުރިއަށްގެންދިޔަ ނުދީ ހުރަސް އަޅާފައެވެ.

ރިޔާސަތުގެ މޭޒުގެ މައިކް ހަލާކުކޮށްލުމާ ގުޅިގެން މަޖިލީހުގެ ރައީސް މިރޭ ރިޔާސަތު ބަލަހައްޓަވަން އިންނެވީ ވަޒީރުން މަޖިލީހަށް ހާޒިރުކުރާއިރު ތިއްބަވާ ގޮނޑީގައެވެ.

ދައުރުން ބޭރުގައި ބޭއްވި މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މިއަދު ނުނިމުމުން، މާދަމާ ވެސް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ އިދާރާއިން މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން