މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުގައި ރައީސް ސޯލިހުގެ ނުފޫޒެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ބައެއް މެމްބަރުންނަށް ރުހުން ނުދިނުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެހެންވެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް މަސައްކަތް ކުރަނީ ވަރަށް މިނިވަންކޮށް ކަމަށެވެ.

އެގޮތުން ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރައްވަނީ ވަރަށް މިނިވަންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީގެ ކަމަކަށް ވޯޓަށް އެހެނީ ހަމަ އެ ބޭފުޅަކަށް ފެންނަ ގޮތަކަށް ވޯޓު ދެއްވާ ގޮތަށް. އެހެންވީމާ ވަރަށް ޑިމޮކްރެޓިކް އުސޫލުން ވަރަށް ގިނަ ފަހަރު މަޝްވަރާވެސް ކުރެވިގެން. މި މައްސަލައިގައި އަޅުގަނޑުމެންގެ ބަހުސްގެ ވަގުތު ދިޔަ ތިން ގަޑިއިރާ ހަމައަށް ވަރަށް ދިގުކޮށް." ސަލީމް ވިދާޅުވި އެވެ.

ދައުރުން ބޭރުން އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި އެމްޑީޕީން ނިންމާފައި އޮތީ ހަތަރު ވަޒީރަކަށް ރުހުން ނުދޭށެވެ.

ނަމަވެސް އިއްޔެ މަޖިލިސް ހަލަބޮލިވެ ހިނގި ހަމަނުޖެހުންތަކާއެކު ޖަލްސާ ރެއާ ހިސާބަށް ދިގު ދަންމައިގެންވެސް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ. އެހެންވެ ރުހުން ދިނުމަށް ވޯޓު ނަގަން މިއަދު މެންދުރު އެކެއް ޖަހާއިރު އިތުރު ޖަލްސާްއެއް ބާއްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން