ބުރިޖު މެއިންޓެނެންސްގެ މަސައްކަތް އިތުރު ތިން އަހަރު ހިލޭ ޗައިނާއިން ކޮށްދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝާން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ 2018 ވަނަ އަހަރު ބުރިޖު ނިމުމުން ދެ އަހަރު ދުވަހު ބުރިޖު މަރާމާތު ކުރުމުގެ ކޮންޓްރެކްޓެއް އޮތް ކަމަށެވެ.

އަދި އޭގެ ފަހުން ކުނި ކަހާ ސާފުކުރުން ފިޔަވައި މެއިންޓެނެންސްގެ މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

އެހެން ނަމަވެސް މެއިންޓަނަންސްއަކީ ވަރަށް ބޮޑަށް ކުރަން ޖެހޭ މަސައްކަތެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ގިޑިގެ އަޅާފައި އިން ތަން ވެސް ވަރަށް ބޮޑަށް ދަބަރު ޖަހާފައި ބައެއް އަކުރުތައް ވެއްޓި މި ކަހަލަ ކަންތައް ހިނގާފަ އެބަހުރި. އަދި އެކްސްޕޭންޝަން ޖޮއިންޓްތަކަކީ ވެސް ބަރާބަރަށް ސާފުކޮށް ހަދަން ޖެހޭ ތަންތަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިލޭ އެހީގެ ދަށުން ބުރިޖުގެ މެއިންޓެނެންސްގެ ކަންކަން ކޮށްދެއްވަން ޗައިނާ ސަރުކާރުން މިހާރު އަނެއްކާވެސް އެއްބަސްވެފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ބަލަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވީހާވެސް އަވަހަކަށް ސޮއިކުރުމަށްޓަކައި މިހަފްތާގައިވެސް އަޅުގަނޑުމެންނަށް ހުއްދަތައް ލިބިއްޖެއްޔާ ސޮއިކުރާނަން. ސޮއިކޮށްގެން ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ފަށާނަން." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން