މާލެސިޓީ މާފަންނުގައި ބޮލަށް ވެއްޓޭން ކައިރިވެފައިވާ ބޮޑު އިމާރާތެއް ހުރުމުން އެ ސަރަހައްދުގައި އުޅޭ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މާލޭ ސިޓީ މާފަންނު މުރަނގަމަގުގައި ހުރި ފަސްބުރީގެ އިމާރަތުގައި ހުރީ ވަރަށް ބޮޑަށް ރެނދުލާފައެވެ. އެއިމާރަތް ހުރި ސަރަހައްދަކީ އާންމު ރައްޔިތުން ހިނގާބިނގާވެ އަދ ދުއްވާ އެއްޗެހި ވެސް އާންމުކޮށް ދަތުރުކުރާ މަގެކެވެ. ނުރައްކާތެރި ގޮތަކަށް ހުރި އެއިމާރާތް ވެއްޓިއްޖެނަމަ އެތައް ބަޔެއްގެ ފުރާނަ އަށް ނުރައްކާވެ ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ސަރަހައްދުގައި އުޅޭ އާންމުން ބުނެ އެވެ. މީގެ އިތުރުން އެ އިމާރާތުގެ ތިރީގައި އެސަރަހައްދުގައި އުޅޭ ޒުވާނުންގެ ބަޔަކު ސޯފާ ބަހައްޓައިގެން މަޖާ ކުރުމާއި އެކި މަޝްވަރާތަކުގައި ގިނަ ވަގުތު ހޭދަކުރެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން އެމަގުގައި ދިރިއުޅޭ މީހަކު ބުނީ، އެ އިމާރާތުގެ މަަައްސަލަ އެކި ފަހަރު މަތިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް އެކަމަށް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް އޭނާ ބުނެޏެވެ.



"އެ އިމާރާތުގެ ހަމައެކަނި ފުރަތަމަ ފަންގިފިލާ ބޭނުންކުރަނީ ދެން ހުރި ފަންގިފިލާތަކުގައި ހުރީ ހުސް ލިޔެކިޔުންތައް އަޅާ ފުރާފައި، މީގެ ކުރިންވެސް އެ އިމާރާތުގެ ޓިނު ވަޔާ އެއްލާލައިގެން އެމްއެންޑީއެފް މީހުން އައިސް އިމާރަތް ތަޅުލާފައި ހުރުމުން ނުވަދެވުނު. ކީއްކުރާނީ، އިމާރަތް ވެއްޓި ބަޔެއްގެ ފުރާނަ ގެއްލުނީމާ ކަމާ ބެހޭ މުވައްސަސާތަކުން ވެސް ތެޅި ފޮޅި ގަންނާނީ." މި ނޫހަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

"ރަސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ އިމާރަތަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބައްޕަގެ އިމާރާތެކެވެ. ރޮޒައިނާގެ ބައްޕަ އަކީ މަޝްހޫރު ޑޮނާޑްގެ ވެރިޔާ އެވެ. މާފަންނުގައި ހުރި ބޮލަށް ވެއްޓެން ކައިރިވެފައިހުރި މި އިމާރާތުގެ މައްސަލަ އާއި ގުޅިގެން ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީކައުންސިލްގެ ބަހެއް ވެސް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނޫސްވެރިކަން

02-Aug-2020

ނޫސްވެރިކަންކުރެވޭ ފެންވަރެއް ނެތް. އަވަހަށް އެހެންކަމަކާ އުޅެންފެންނަނީ.


5

އިސްމާލު

02-Aug-2020

ބޭރުން ފެންނ ރެނދަކުން އަދި އަދި އެތެރެ އޮތޮގޮތެއް ނޭންގޭނެ ކަލޯ


9

ޑޮނާޑު

31-Jul-2020

ރައްޔިތުންނައްމިކަން ސާފުވެދާނެތީތަ އަހަރެންްފޮނުވާއެއްވެސްމެސެޖެއްނުޖަހަނީ?ޒައިނުއްދީނު ސައީދަކީ ދިވެއްސެއް ތޯ?ތަންދޮރުނުބަލާއެއްޗެހިލިޔަނީ


-16

ޑޮނާޑު

31-Jul-2020

ރައްޔިތުންނައްމިކަން ސާފުވެދާނެތީތަ އަހަރެންްފޮނުވާއެއްވެސްމެސެޖެއްނުޖަހަނީ?ޒައިނުއްދީނު ސައީދަކީ ދިވެއްސެއް ތޯ?ތަންދޮރުނުބަލާއެއްޗެހިލިޔަނީ


18

ޑޮނާޑު

31-Jul-2020

ރައްޔިތުންނައްމިކަން ސާފުވެދާނެތީތަ އަހަރެންްފޮނުވާއެއްވެސްމެސެޖެއްނުޖަހަނީ?


-1

ޑޮނާޑު

31-Jul-2020

ރައްޔިތުންނައްމިކަން ސާފުވެދާނެތީތަ އަހަރެންްފޮނުވާއެއްވެސްމެސެޖެއްނުޖަހަނީ?


12

ޑޮނާޑު

31-Jul-2020

މޮޔަވަނީތަ ތަންދޮރު ބަލައިިގެން އުޅެ ބަލަ


-4

އިދު

31-Jul-2020

ޒިންމާދާރު ކޮށް ނުކުރެވެންޏާ ނޫސް ވެރިކަން ނުކުރާނީ. ތީ ސަރުކާރުގެ އިމާރާތެއް.


-4

ނަކް

31-Jul-2020

ތީ ޑޮނަލްޑްއާދަން ފުޅަށް ބަދަލުތީފަ ދަޢުލަތަށް ނަގާފަހުރި އިމާރާތެއްކަމަށްވަނީ.. ބަދަލުގަ ދިން ބިމުގަ މިހާރު އޭނާ ގެއަޅާ ވިޔަފާރި ހިންގަނީ.. މިވަރު ސާފުކޮށްލިނަމަ ދޯ??


4

ޙަސަނު

30-Jul-2020

މިހާރު އެ އިމާރާތަކީ ސަރުކާރުގެ އިމާރާތެއް އެގެ ސަރުކާރަށް ނެގުމަށް' ބަދަލުގެގޮތުގައި ދޮންއާދަމްފުޅަށް އެހެން ގޯއްޗަކާ ފައިސާވަނީ ދީފައި. މިހާރު ޑޮނާޑް ގާމެންޓް އެހުރީ އެގޯތީގައި.



ޓްރެންޑިން