ކުރީގެ ރައީސް ސޯލިހު މަސައްކަތް ކުރަށްވަނީ އިސްލާމްދީން ބަލިކަށި ކުރަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް ސޯލިހު މަސައްކަތް ކުރައްވަނީ "އިސްލާމީ ދީން ބަލިކަށި ކުރަން" ކަމަށެވެ.

"ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރު ވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވޭ،" މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެެވެ. ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އަށް މެމްބަރަކު ތިއްބެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން