ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓު ރާއްޖެ އެތެރެކޮށްފައިވާތީ އެ ނުވިއްކަން އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ސްވިޓްޒަލެންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކުގެ ދެ ވައްތަރެއްގެ ޗޮކްލެޓު އެތެރެވެފައިވާ ކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ހެދި ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، އެ އުފެއްދުމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮޅެއް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓު އެތެރެނުކުރުމަށާއި ނުވިއްކަން އެންގުމުގައިވެ އެވެ.

މަނާކޮށްފައިވާ ޓޮބްލެރޯން މިލްކް ހަނީ އަދި އެލްމަންޑް މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 1، 2024 ގަ އެވެ. ޓޮބްލެރޯން މިލްކް ޗޮކްލެޓު އުފެއްދީ ސެޕްޓެމްބަރު 1، 2023 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން