ދައުރު ނިމުމަކާއި ގާތްވެފައިވާ މަޖިލީސް މެންބަރުންގެ އަޣުލަބިއްޔަތެއް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރިޔަކަ ނުދޭނެ ކަމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް، ޕީއެންސީގެ މަޖިލީސް ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް މިގޮތަށް ވިދާޅުވެފައިވަނީ ރައީސް މަޤާމުން އަޒުލުކުރަން މަޖިލީހަށް ހުށައަޅަން އެމްޑީޕީން ސޮއި ހަމަކޮށްފައިވަނިކޮށެވެ.

ސަލީމް ވިދާޅުވީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ މެންބަރުން ރައީސް މުޢިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް އިންކާރުކޮށްފައިވަނީ އެމްޑީޕީގެ ޢާންމު މެންބަރުންގެވެސް ރައުޔާއި ޚިލާފަށް ކަމަށެވެ. އަދި އެމްޑީޕީގެ ތިން މެންބަރަކު އެޕާޓީގެ ވިޕްލައިނާއި ޚިލާފަށް ވަޒީރު ސައީދަށް ރުހުން ދީފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް އެމްޑީޕީގެ މިހާރުގެ މަޖިލީސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މަޖިލީޙުގެ ދާއިރާތައް ތަމްސީލުކުރައްވަން ދެކޮޅު ހަދާފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް އަންނަ އިންތިޚާބުން މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީއިން މަޖިލީހަށް ވާދަކުރުމަށް ޖާގަ ލިބިފައިވަނީ ވެސް ރައްޔިތުންގެ މެދުގައި މަގްބޫލު ބައަކަށް ނޫން ކަަމަށް ސަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން