އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަދަ ގަދަރުވެރި ބޭފުޅަކަށް އެމްޑީޕީ އަދި ޑިމޮކްރެޓުން ރުހުން ނުދިނީ ރާއްޖެއަށް އަރަބި ޤައުމުތަކުން ގިނަގުނަ އެހީ ލިބިދާނެތީ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ޝަހީމްއާއި ހައުސިންގ މިނިސްޓަރ ޑޜ. ޢަލީ ހައިދަރާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދިނުމާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.



"މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރުހުން ނުދިނުމަކީ ގައުމަށް ދިން ބޮޑު ގެއްލުމެއް. އެމަނިކުފާނަކީ އިސްލާމީ ދުނިޔޭގެ އިހުތިރާމާ ގަދަރު ލިބިފައިވާ ބޭފުޅެއް. އަރަބި ގައުމު ތަކުން ގިނަ ގުނަ އެހީ ހޯދާނެ ކަމަށް ބަލައިގެން ކެބިނެޓުން އޭނާ ދުއްވާލަން އިދިކޮޅުން މަސައްކަތް އެ ކުރަނީ." ޝަރީފް ވިދާޅުވެފައި ވެއެވެ.

އައްޑޫ ޝަރީފު އިތުރަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ޢައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ޙައްޤެއްޖަމަށެވެ. ޒާތީ ސަބަބުތަކާއި ގުޅިގެން ވަޒީރުންނަށް ރުހުން ނުދިނުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެއިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދަށް އެމްޑީޕީން ރުހުން ނުދޭން އުޅުނީ ޗައިނާއިން ލިބޭނެ އެހީތަކާއި މަޝްރޫޢުތައް ހުއްޓުވުމުގެ ގޮތުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް މުޢިއްޒަށް ދަތިކުރުމަށްޓަކައި އެމްޑީޕީން ކަންތައް ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށެވެ.

"އަޅުގަނޑުގެ ކުރީގެ ޕާޓީ، އެމްޑީޕީގެ އަމަލުތަކަކީ ޤައުމުގެ މަސްލަހަތު ހަލާކުކޮށްލާފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް." މަވޯޓާ ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން