އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް އިންޑިޔާއަށް މިއަދު ފުރަން ހަމަޖެހުނު ކުޑަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ބޭސް ފަރުވާއަށް ފުރަން ހަމަޖެހިފައި އޮތީ ކުޑަކުއްޖާއާއި އެކުއްޖާގެ މަންމައާއި ބައްޕަ ކަމަށެވެ. މިކުއްޖާ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ފުރަން އޮތް ފްލައިޓުން އެކުއްޖާ ނުފޮނުވޭ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.
ކުޑަކުއްޖާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ފުރުމަށް ބޯޓަށް މީހުން އަރުވާ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށެވެ. އެހެންކަމުން ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ވަނީ ޑިސްއިންފެކްޓްކޮށްފައެވެ.
އެޗްއީއޯސީން ބުނި ގޮތުގައި ޓެސްޓް ހެދި އެންމެންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ނެގެޓިވްކަން އަނގަބަހުން ވަނީ އަންގައިފަ އެވެ. ދެ މީހެއްގެ ނަތީޖާ ލިބުނީ މިއަދު ހެނދުނު ކަމަށާއި ޕޮޒިޓިވްވީ އޭގެ ތެރެއިން އެކަކު ކަމަށް އެތަނުން ބުންޏެވެ.
އިންޑިޔާއަށް ބޭސް ފަރުވާއަށް މިއަދު ފޮނުވުމަށް ހަމަޖެހިފައިވަނީ 76 މީހުން ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ. މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނި 137 މީހުން ޕޮޒިޓިވްވި އިރު އޭގެތެރޭގައި 92 ދިވެހިން ހިމެނެ އެވެ. މިހާތަނަށް މި ބަލި 2500 އަށް ވުރެން ގިނަ މީހުންނަށް ޖެހިފައިވާ އިރު 15 މީހުން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު