އަހުޒަމް އަޙްމަދު   30 ޖެނުއަރީ 2024 - 14:5
ރާއްޖޭގެ ކަސްޓަމްސް އިދާރާއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ފަށައިފި އެވެ.

ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެ ހިދުމަތް ފެށުމާއެކު ކަސްޓަމްސްގެ ހުރިހާ ހިދުމަތްތަކެއްގައި އޭއައިގެ ބޭނުން ހިފާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެގޮތުން ރާއްޖެ ގެންނަ މުދަލުން އަގު ފާސްކުރުމާއި އޮޑިޓް ކުރުން ފަދަ ކަންކަމުގައި އޭއައިގެ ބޭނުން ހިފާނެ ކަމަށް ކަސްޓަމުން ބުނެއެވެ.

އިއްޔެގެ ޖަލްސާގައި ކަސްޓަމުން ވަނީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ގެ ޚިދުމަތް ވެސް އިފްތިތާހުކޮށްފަ އެވެ. އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރުގެ ހިދުމަތާއެކު ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެ ހިދުމަތް ލިބެނީ ކަސްޓަމްސްގެ މުދާތައް ކްލިއާ ކޮށްފައިވާ ފަރާތްތަކުގެ ތެެރެއިން ސާފު ރެކޯޑްތަކެއް ދަމަހައްޓައިފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ހިދުމަތް، ގޯލްޑް، ސިލްވާ، އަދި ޕްލެޓިނަމްއިން ގިންތިކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން