މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ ޕާކިންއާ ގުޅޭ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ޕާކިންއަށް ސްލޮޓް ދޫކުރުމަށް ފަހު އެ ތަންތަނަށް ފައިސާ ނުދައްކާ މީހުންވެސް އުޅޭ ކަމަށާއި އެހެން ނަމަވެސް އެ ސްލޮޓްތައް އަދިވެސް އޮތީ އެ މީހުންގެ ނަން މަތީގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހަމަ އެހެންމެ ދިރިއުޅޭ ތަންތަނާ ކައިރި ނޫން ތަންތަނުން ޕާކިން ސްލޮޓްތައް ލިބުނު މީހުން ވެސް އުޅޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެހެންވެ ޕާކިންގ ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތަކާއި ޕާކިންގ ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތަކުގެ އިތުރުން ޕާކިންގ ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް އޮތް ނަަމަ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް ނުވަތަ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެ ފުރުސަތު ހުޅުވާލައިފައި ވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ.

މާލޭގައި ޕާކިންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެހެންވެ އެ މައްސަލަ ހައްލުކުރަން ޕާކިން ބިލްޑިން އެޅުމުގެ މަސައްަކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން