ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެއިން މިލިއަނަކަށް ވުރެ އަގުހުރި ތަކެތި ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޖާބިރުގެ ގެ ހ. ތިމާވެށި ގެއިން ވައްކަންކޮށްގެން ރިޕޯޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ވައްކަން ކުރީ އެ ގޭގެ ފަސް ވަނަ ފްލޯއިން ނެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި އަދި އަތުކުރީ ގަޑި ހިމެނެ އެވެ.

އެ މައްސަލައިގައި އުރުމުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވަގަށް ނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދެ މީހުންގެ ބަންދަށް މިހާރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން