ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރާނަމަ އިތުރު ބަޖެޓު ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މާޗު މަހު 17 ވަނަ ދުވަހު އިންތިހާބު ބާއްވަން ކަނޑައަޅައިފަ އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ. އެމްޑީޕީން ހުށަހެޅި އިސްލާހުގައި ވަނީ އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަމަހަކާ ދިމާވެއްޖެ ނަމަ ރޯދަ މަސް ނިމޭތާ 10 ދުވަސް ތެރޭ އިންތިހާބު ބާއްވަން ހުށަހަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރޯދަ މަަހަށްވުރެ އިންތިހާބު ފަސްކުރާނަމަ މިހާރު އޮފިޝަލުންނަށް ދޭން ޖެހޭ 1000 ރުފިޔާގެ އެލަވަންސް އެކަނިވެސް 3000 ރުފިޔާއަށް ވުރެ ބޮޑުކޮށް ދޭން ޖެހޭނެ ކަމަށެވެ.

އަދި އެ މީހުންނަށް ކޮންމެ ދުވަހަކަށް ޖެހޭ ފައިސާވެސް އިތުރުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އޮފިޝަލުންގެ އަދަދުވެސް 300 އަށްވުރެ މަތީގައި އުޅޭއިރު އެ މީހުންނަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އޭގެ އިތުރުން އިންތިހާބު ލަސްކުރާނަމަ އިންޓާނުންނަށް ރިފްރެޝިންތައް ބާއްވަން ޖެހޭތީ އެކަމަށް ވެސް އިތުރު ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން