ރާއްޖެއާއި އެމެރިކާއާ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ހިނގީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ އެސިސްޓެންޓް ސެކެޓްރީ ޑޮނަލްޑް ލޫއާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ނެވެ.

އެ ބައްދަލުވުމަށް ފަހު މޫސާ ޒަމީރު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ލޫއާ ބައްދަލުވެ ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ރާއްޖެއާއި އެމެރިކާއާ އޮންނަ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

"އަަދި ކްލައިމެޓް އެކްޝަން، ދިފާއީ އަދި އިގްތިސާދީ ގޮތުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު." މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

ހަމަ އެހެންމެ އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން