ރައީސް ޔާމީންގެ ޤަނޫނީ ޓީމް، ފޮޓޯ:ސޯޝަލް މީޑިއާ
ރައީސް ޔާމީންގެ ޤަނޫނީ ޓީމް، ފޮޓޯ:ސޯޝަލް މީޑިއާ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ މއ. ކާމިނީހުޅަނގު، ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފަހަށްޓާކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއްނެތް މައުލޫމާތުތަކެއްކަމަށް ކަރެކްޝަން އިން ބުނެފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް ރައީސް ޔާމީނާއި ބައްދަލުކުރުމަށް ކަރެކްޝަން އިން ފުރުސަތު ނުދިން ކަމަށް ބުނެ ނެރުނު ބަޔާނާއި ގުޅިގެން ކަރެކްޝަނުން މިއަދު ވަނީ މިކަން ސާފުކޮށް ދިނުމުގެ ގޮތުން ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބަނީ ކޯވިޑް 19ގެ ހާލަތާ ގުޅުވައި ޤާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި ކަރެކްޝަނަށް އީމެއިލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ވާހަކަ ދަންނަވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ޤައިދީއަށާއި ގާނޫނީ ވަކީލުންނަށް ދީފައިވާނެ ކަމަށް ކަރެކްޝަންގެ ބަޔާނުގައި ވެއެވެ.

"ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައި ވާނެ. ނަމަވެސް، މާލޭ ޖަލުން ދީފައިވާ އިރުޝާދަށް ޢަމަލުނުކޮށް، ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާ މެދު މި ސަރވިސްއިން ކަންބޮޑުވާ ކަމެއް." ކަރެކްޝަންގެ ބަޔާނުގައިވެއެވެ.

ވަކީލު ބައްދަލުވުމާ ގުޅޭ ގޮތުން، ކަރެކްޝަންއިން ޤައިދީގެ ޤާނޫނީ ވަކީލުންނަށް 14 ޖުލައި 2020 ގައި ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ބައްދަލުވުން ހަމަޖެއްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާކަމަށް ކަރެކްޝަން އިން ބުނެފައުވެއެވެ. އަދި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަނަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެކަމަށް ކަރެކްޝަން އިން ބުނެފައި ވެއެވެ.

ރައީސް ޔާމީނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ގޮވާލައި އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އިޢުލާނުކުރި ލޮކްޑައުންގެ ގިނަ އުޞޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއްދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާގުޅޭ ބައެއް ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީޢަތްތަކުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިދޭ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


16

ނައީމް

30-Jul-2020

ދޮގު ހަދާ ސަރުކާރު



ޓްރެންޑިން