ޗައިނާގެ އެހީގައި ގާއިމުކުރި ޑީސެލިނޭޝަން ޕްލާންޓްތައް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

’ޗައިނާ އެއިޑް މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްރޮޖެކްޓް‘ ގެ ދަށުން ގާއިމުކުރި މި ޕްލާންޓްތައް ސަރުކާރާއި ހަވާލުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަރސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުލް މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ލީ ޒިންގް އެވެ.

މި މަޝްރޫއުގެ ދަށުން، ރ. އަލިފުށްޓާއި، ޅ. އޮޅުވެލިފުއްޓާއި، ހއ. ކެލައާއި، ގއ. ދާންދޫގައި ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ އިތުރުން 200 ކިލޯވޮޓްގެ ސޯލަރ ޕެނެލްވަނީ ހަރުކޮށްފަ އެވެ. މީގެ އިތުރުން، ކ. ކާށިދޫގައި ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ އިތުރުން 100 ކިލޯވޮޓްގެ ސޯލަރ ޕެނެލް އަދި 100 ކިލޯވޮޓްގެ ވިންޑް ޓާބައިން ވަނީ ހަރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން