އެމްޑީޕީގެ ވިޕްލައިނާއި ޚިލާފުވި މެންބަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމުގައި އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ މިފަދައިން ވިދާޅުވީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ވިޕްލައިނާއި ޚިލާފްވި ތިން މެންބަރުންނާއި މެދު ފިޔަވަޅު އަޅާނީ އެމްޑީޕީގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ކަމަށެވެ.

"އެމްޑީޕީގެ ހިންގާ ޤަވާއިދުގައި ބުނެފައިވޭ ވިޕާއި ޚިލާފުވާ މެންބަރުންނާއި ދޭތެރޭ ފިޔަވަޅު އަޅާނެ ގޮތް." ބިގޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ޤަވާއިދުގައި ބުނެފައިވާ ގޮތަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް، އެކަމުގައި އަމަލުކުރާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން