ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހީމް ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ މިކަމުގައި އަމަލުކުރާނެ ގޮތަކާއިމެދު ޕީޖީ ގްރޫޕްގައި މަޝްވަރާކުރާނެ ކަމަށެވެ.

ބިގޭ ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުން އެ މަޤާމްތަކުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތީ ފާޅުގައި މަޖިލީހަށް ގޮންޖައްސަވާފައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ދެ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ނުދޭން ނިންމާފައެވެ. އެހެން ނަމަވެސް، ހަމަ އިއްޔެ ރައީސް ވަނީ މަޖިލީހުގެ ރުހުން ނުލިބުނު ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަލުން އެ މަޤާމްތަަކަށް ޢައްޔަންކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން