ފޮޓޯ: މަޖިލީސް
ފޮޓޯ: މަޖިލީސް
އެހެން ޕާޓީތަކުގެ ބޭފުޅުންނާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހީމް ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ ރައީސް މުޢިއްޒު އަޒުލު ކުރުމުގެ މައްސަލަ މިހާރު އޮތް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ހުށަހަޅާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ވަރަށްވުރެ އިތުރަށް ސޮއި ހަމަކުރެވިފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ. މިކަމާ ގުޅޭ ގޮތުން ޕާޓީ ލީޑާޝިޕް ލެވެލްގައި މަޝްވަރާކުރުމަށްފަހު ވަގުތާއި ހާލަތަށް ބަލާފައި އެންމެ ރަނގަޅު ވަގުތެއްގައި އެ ހުށަޅުމާއިގެން ކުރިއަށް ދާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

މިވަގުތު ރައީސް އަޒުލުކުރުމަށް ތައްޔާރުކޮށްފައިވާ ހުށަހެޅުމުގައި ސަރުކާރު ހިއްސާޥާ ކޯލިޝަންގެ މެންބަރުން ސޮއިކުރައްވާފައި ނުވި ނަމަވެސް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން އެ ހުށަހެޅުމުގައި ސޮއިކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ބިގޭ ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން