އެމްޑީޕީން ދައްކަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި ހަގީގަތް ނުބަލައި އަބުރު ކަތިލުމަކީ ނާތަހުޒީބު އަމަލެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

.

ޝަހީމް މިފަދައިން ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމާއި ބެހޭގޮތުން އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރ އިބްރާހީމް ރަޝީދު، ބިގޭ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވަނީ އެމްޑީޕީން ޝަހީމަށް ރުހުން ނުދޭން ނިންމީ އެމްޑީޕީގެ ބައެއް މެންބަރުން އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރައްވާފައިވާތީ ކަމަށެވެެ.



"މި ސަރުކާރުގެ ތެރޭގައި، ކުރިން (ޝަހީމް)ގެ ހިއްސާ އޮތް. އެ ހިއްސާ ބަދަލުކުރުމަށްފަހު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފަ އޮތްކަމުގެ ތުހުމަތުތައްވެސް ޕީޖީ ގްރޫޕުގެ އެކި އެކި ބޭފުޅުން ހިއްސާކޮށްފަ އެބަހުރި." ބިގޭ ވިދާޅުވެފައި ވެއެވެ.

ބިގޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު ކުށްވެރި ނުވާނެ ކަމަށެވެ. އިދާރީ ފިޔަވަޅުތައް ބިނާވާން ޖެހޭނީވެސް އިންސާފުގެ މައްޗަށް ކަމަށާއި ތުހުމަތަކީ އުފަންކުރުވާ އެއްޗެއް ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.



ޝަހީމް ވިދާޅުވީ އެމްޑީޕީން ދައްކަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި ހަގީގަތް ނުބަލައި އަބުރު ކަތިލުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން