އަހުޒަމް އަޙްމަދު   31 ޖެނުއަރީ 2024 - 13:48
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ޝަމީމް ޒަހަމްކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ. އަދި އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހަމަލާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޝަމީމްއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން