ނައުރޫގެ ރައީސް ޑޭވިޑް ރަނިބޮކް އެޑިއެންގ، އެމް.ޕީ. އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ނައުރޫގެ ރައީސް ޑޭވިޑް ރަނިބޮކް އެޑިއެންގ، އެމް.ޕީ. އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ނައުރޫގެ މިނިވަންދުވަހުގެ މުނާސަބަތުއި އެޤައުމުގެ ރައީސް ޑޭވިޑް ރަނިބޮކް އެޑިއެންގ، އެމް.ޕީ. އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނައުރޫގެ ސަރުކާރަށާއި ރައްޔިތުންނަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ނައުރޫގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވައި، ނައުރޫގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން