މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި ކަމަށް ދެކެވެމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުން ދޮގުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ދެ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ނުދީފަ އެވެ. އެހެން ނަމަވެސް، ރުހުން ނުދިން ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ރުހުން ނުލިބުނު ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަލުން އެ މަޤާމްތަަކަށް ޢައްޔަންކުރައްވާފައެވެ.

އެހެންވެ ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހީމް ރަޝީދު (ބިގޭ) ވަނީ ވިދާޅުވެފަ އެވެ.

ބިގޭގެ މިވާހަކަ ދޮގުކޮށް ރައްޔިތުންގެ މަޖިލީހުންް ބުނީ އެފަދަ ލަފައެއް ފިލްޒާ ދެއްވާފައި ނުވާ ކަމަށެވެ.

ބިގޭ ދެއްކެވި އެވާހަކަތަކާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ފިލްޒާ އެފަފަ ލަފައެއް ދެއްވީތީ ފިލްޒާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން