ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުއްވެރި ކުރައްވައިފި އެވެ.

ޝަމީމަށް މިއަދު ހަމަލާ ދިނީ މަގުމަތިން ނެވެ. އަދި ހަމަލާ ދިނީ މަރުތޭލަކުންކަން ވެސް ވަނީ އެނގިފަ އެވެ.

ޝަމީމަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ގާސިމް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އެ ހަމަލާގެ އަޑު އެއްސެވީ ނުހަނު ކަންބޮޑުވުމާ އަދި ހިތާމައާއި އެކުގައި ކަމަށެވެ.

އަދި ގާސިމް ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

"އަދިމި މައްސަލަ ވީހާވެސް އަވަހަކަށް ތަޙްޤީޤްކޮށް ޒިންމާވާފަރާތް (ފަރާތްތައް) ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ޤާނޫނުގައި ވާ އަދަބު ދިނުމަކީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަަޅަކަށް ވާނެއެވެ. ޕީޖީ ހުސައިން ޝަހީމަށް އަވަސް ޝިފާ އަކަށް އެދެމެވެ." ގާސިމްގެ އެކްސްގައި ވެއެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އަދި މީހަކު ހައްޔަރުކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން