ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިއުގެ މައްޗަށް ދަޢުވާ ކޮށްފިއެވެ.
ޝާފިޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 12/2009 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝާފިޢު ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ ކުރިން ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝާފިޢުގެ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި، މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނާނެ އަދަބު: 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
— PGOMV (@PGO_MV) July 29, 2020
އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ ކުރިން ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝާފިޢުގެ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި، މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު