ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އަޒުލުކުރަން ކުރާ މަސައްކަތްތައް ހުއްޓާލަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެެވެ.

ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ފާސްކޮށްފަ އެވެ. އަދި އެކަމަށް ބޭނުންވާ ވަރަށް ސޮއި މަޖިލީހުގެ ތެރެއިން ވަނީ ހޯދައިފަ އެވެ. ނަމަވެސް އަދި އެ މައްސަލަ މަޖިލީހަކަށް ނުވައްދަ އެވެ. އެހެން ނަމަވެސް ރައީސް ވަކިކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާކަން ވަނީ އެނގިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ގާސިމް މިއަދު ކުރެއްވި އެކްސްއެއްގައި ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތަކުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސް ޑރ،. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށެވެ.

އަދި އެމަނިކުފާނު ގާނޫން އަސާސީ އާއި ގާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި އިދިކޮޅުން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހަޅަން އުޅޭތީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"އަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް އެފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެއް ކަމަށެމް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އަދި އެފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައާއި ނިކަމެތިކަން ކަމަށް ވިދާޅުވެ ގާސިމް ވަނީ ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ާއާދަމް ޝަރީފް

19-Feb-2024

ގާސިމް މިވަގުތު ގޮތްހުސްވެ ޕީއެންސީ ޓިކެޓްގަ މަޖިލިސް އަށް ކުރިމަތިލާ ޙާލަތުގަ ރައީސްގެ ދިފާއުގަ ވާހަކަ ދެއްކުމަކީ މައްސަލަ އެއްނޫން.



ޓްރެންޑިން