ޕޮރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކުރައްވައިފި އެވެ.

ޝަމީމަށް މިއަދު ހަމަލާދިނީ މަގުމަތިން ނެވެ. އަދި ހަމަލާ ދިނީ މަރުތޭލަކުންކަން ވެސް ވަނީ އެނގިފަ އެވެ.

ޝަމީމަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި އެކްސްއެއްގައި ވަނީ އެ ހަމަލާ ކުށްވެރިކުރައްވައިފަ އެެވެ. އަދި އެ ހަމަލާއާ ގުޅިގެން ޝަމީމަށް އަވަސް ޝިގާއަކަށް އެދިވަޑަައިގަންނަވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ޑިމޮކްރެޓިކް ވެއްޓެއްގައި ސިޔާސީ މަގުސަދެއް ހާސިލުކުރަން އެފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.

"މި ހަމަލާ ދިން މީހުން އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅުގަނޑު ގޮވާލަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ޝަމީމަށް ދިން ހަމަލާ ސިޔާސީ ޕާޓީތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

ޝަމީމް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ. ނަމަވެސް ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއެއް ކަަމަށްވާތީ އޭނާ އެ މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތެރެއިނެވެ.

މަޖިލީހުގެ މެޖޯރިޓީ މިހާރު އިދިކޮޅުގައި އޮތުމުން މި ހިނގާ މަޖިލީހުގެ ތެރެއިން ޝަމީމް މަގާމުން ވަކިކުރުމަކީ ފަސޭހަކަމަކަށް ނުވާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން