ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސުވާލު ކުރަން ނިންމައިފި އެވެ.

ޝަމީމަށް މިއަދު ހަމަލާދިނީ މަގުމަތިން ނެވެ. އަދި ހަމަލާ ދިނީ މަރުތޭލަކުންކަން ވެސް ވަނީ އެނގިފަ އެވެ.

ޝަމީމަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި ސިޔާސީ މަގުސަދެއް ހާސިލުކުރަން އެފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެހެންމެ ހަމަލާ ދިން މީހުން އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ރައީސް ސޯލިހު ގޮވާލެއްވި އެވެ.

ސިޔާސީ ކަމަކާ އެ ހަމަލާ، ރައީސް ސޯލިހު ގުޅުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސްއެއްގައި މިއަދު ވިދާޅުވީ އެ ހަމަލާގެ މައުލޫމާތާއި މަގްސަދާ ގުޅޭ މުއުތަބަރު މައުލޫމާތު ރައީސް ސޯލިހަށް އެނގިވަޑަައިގަންނަވާ ކަމަށް ބެލެވޭ ކަމަށެވެ.

އެެހެންވެ އެފަދަ މައުލޫމާތެއް ލިބިވަޑައިގެން ހުންނެވިނަމަ އެކަން ހިއްސާ ކުރެއްވުމަށް ވެސް އިހުސާން އެދިވަޑައިގެންނެވި އެވެ.

"އެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރްރާތަކަށް ވެސް މިހާރު އަންގައިފިން ރައީސް ސޯލިހުގެ އޮފިހާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ހަމަލާ މިހާރު ތަހުގީގު ކުރަމުން ދަނީ ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށާއި ހަމަލާ ދިން މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން