ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަގުމަތިން ހަމަލާދިން މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ހުށައަޅައިފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.

މިއަދު ފަތިހު ޝަމީމަށް ހަމަލާދީފައިވަނީ އޭނާގެ ގެ ކައިރިންނެވެ. އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޕްލާސްޓަރ އެޅުމަށްފަހު ޝަމީމް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން