މިސަރުކާރުން ބޭރުގެ އެހީގެ ގޮތުގައި 26 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށާއި، އެހެން ނަމަވެސް އެފައިސާ އިން ރައްޔިތުންނަށް ލިބުނު އެއްޗެއް ނެތް ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ކޮވިޑް-19 ބޭނުން ކުރަނީ ވައްކަން ކުރުމަށް ބޭނުން ކުރާ ޓޫލެއް [ހަތިޔާރެއް] ގެ ގޮތުގައި ކަމަށެވެ. ރައްޔިތުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް ބޭރު ގައުމުތަކުން ނަގާފައިވާއިރު އެއިން އެއްވެސް ފައިސާއެއް ރައްޔިތުންނަށް ލިބިފައި ނުވާތީ ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އަޅުގަނޑުމެން މި ބަލާލީ، 26 ބިލިއަން ރުފިޔާ އެބަވޭ ނަގާފައި. މިއިން އެއްވެސް ފައިސާއަކުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ދެވިގެން އަންނަ ތަނެއް ނުފެނޭ." ޝިޔާމް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން ކުރި އެކި ޚަރަދުތަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ވަޒީފާ އާއި އާމްދަނީ އަށް އަސަރު ކުރި ފަރާތްތަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ބާއްވަމުން އައި މުޒާހަރާތައް ހައްޖު ދުވަހާއި އީދު ދުވަހަށް މެދުކަނޑާލި ކަން އެ ކޯލިޝަނުން ވަނީ އިއުލާންކޮށްފައެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދަމާއަކީ ހައްޖު ދުވަހަށް ވުމާއެކު މިރޭ މުޒާހަރާ ނޯންނާނެ ކަމަށެވެ. އަދި ދެން މުޒާހަރާތައް އޮންނާނީ އީދު ބަންދަށްފަހު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެހެންވީމަ މިރެއިން ފެށިގެން ކުރިއަށް އޮތް ތިން ރޭ މުޒާހަރާތައް ނޯންނާނެ." ޝިޔާމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅުގެ މުޒާހަރާތައް ދެން ފެށޭނީ އިތުރަށް ވަރުގަދަ ވެގެން ކަމަށެވެ. ބިރު ދައްކައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށާ މުޒާހަރާތައްވެސް ނުހުއްޓުވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މުޒާހަރާތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު