މަސައްކަތަށް ދެން ވަޑައިގަންނަވާނީ ކުރިއަށްވުރެ ގަދަކޮށް ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އޭނާއަށް މިއަދުގެ ވަގުތެއްގައި ލިބުނު ހަމަލާއިން ވައަތު އަތް ފްރެކްޗާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، މަސައްކަތަށް ވަޑައިގަންނަވާނީ ކުރިއަށްވުރެ ގަދަކޮށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މަސައްކަތުގެ އިތުރަށް ދުވުމާއި ފަތަން ދިއުން ފަދަ ކަސްރަތުގައި މަޝްއޫލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



މިއަދު ފަތިހު މަރުތޭލެއް ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅުއްވާ ގެ ކައިރިންނެވެ. އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޝަމީމަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޕްލާސްޓަރ އެޅުމަށްފަހު ޝަމީމް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން