ރާއްޖެ ސަރަހައްދުގައި ދަތުރުކުރި ދިވެހިންނަށް ނިސްނަތްވާ މަސްދޯންޏަކަށް ބޭރުގެ އަސްކަރީ ބަޔަކު އަރައިފި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ.

އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް މިހާރު ދަނީ ދަތުރު ކުރަމުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ހާދިސާގެ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން