ޕްރެސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މީހާ ހޯދުމުގެ ގާބިލުކަން ދިވެހި ފުލުހުންނަށް ލިބިގެންވާ ކަމުގައި ކުރީގެ ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު ވަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ މައި އެއް މުއައްސަސާގެ ލީޑަރު ޙުސައިން ޝަމީމަށް މިއަދު ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ. އެ ހަމަލާ އަދި އެނޫންވެސް އެފަދަ ހަމަލާތައް ދޭ ފަރާތްތައް ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލުކަން ދިވެހި ފުލުހުންގެ ޚިދުމަތުގައި މާރަނގަޅަށްވެސް ހުންނާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.



މިއަދު ފަތިހު މަރުތޭލެއް ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީފައިވަނީ ޝަމީމު ދިރިއުޅުއްވާ ގޭގެ ކައިރިންނެވެ. އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން