ބޭރުގެ އަސްކަރީ އުޅަނދަކުން ހއ. ތުރާކުނަށް ނިސްބަތްވާ އަސުރުމާ 3 އަށް އަރައި، އެދޯނީގެ ފަޅުވެރިންނާ ސުވާލުކުރުމުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އެކަމާއި ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އަސުރުމާ-3 ދޯނި ހއ ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާތީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމުން ކަށަވަރުވާ ކަމަށް ޝިޔާމް ހާމަކުރެއްވިއެވެ. މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު މިނިސްޓްރީން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ.

އެކަން ބެލުމަށް އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އެހެން ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން