މާލޭގެ މަގުތަކަކީ ހުރިހާ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރ އާޒިމް މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައި މިގޮތަށް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް މާލޭގެ މަގުމަތިން ބަޔަކުމީހުން ދިން ހަމަލާއާއި ގުޅިގެންނެވެ.

އާޒިމް ވަނީ މާލޭ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ، މަގުތަކަކީ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރިކަމާއި އަމާން ކަމާއިއެކު އުޅެވޭނެ ތަންތަންކަމުގައި ހައްދަވައި ދެއްވުމަށް ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.



މިއަދު ފަތިހު މަރުތޭލެއް ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅުއްވާ ގެ ކައިރިންނެވެ. ޝަމީމަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޕްލާސްޓަރ އެޅުމަށްފަހު ޝަމީމް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން