ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެން ވިޝާމްގެ އާއިލާއަށ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ވިޝާމް އަވަހާރަވީ މިރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށެވެ.

އަދި ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް ކަމަށާއި ޤައުމީ ހިތާމައިގެ މި ދަނޑިވަޅު ރައީސްގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ދަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

‏އަދި ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާ ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ރަައީސްވަނީ ދުއާ ކުރައްވާފައެވެ.

ވިޝާމަކީ ގާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެސިސްޓެންޓް އެޓާނީޖެނެރަލްގެ މަގާމު ވެސް އެޝާމް ވަނީ ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން