އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބެޗުގައި އަށް ފަޅުވެރިއަކު ތަމްރީން ކޮށްފި އެވެ.

މިއީ ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ގދ. މަޑަވެލީގަ އެވެ.

އަދި އެ ރަށުގެ އަށް ދޯނިން އަށް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ވައިފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަނޑުމަތީގައި އެތައް ހާދިސާތައް ހިނގާފައިވާއިރު އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ނިންމާފައި ވަނީ މި ފަސް އަހަރުގެ ތެރޭގައި އެކި ސްޓޭޖުތަކަށް ބަހާލައިގެން ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން