އަހުޒަމް އަޙްމަދު   1 ފެބްރުއަރީ 2024 - 15:40
ގަރާޖަކަށް ގެއްލުން ދިން ދެ ފިރިހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހޯދަމުންދާ ދެ މީހުންނަކީ މ. ސަކަން ގޭގައި ހިންގާ މޮއިރާ އޮޓޯ ސަރވިސް އަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހުން ކަމަށެވެ.

އެހެން ނަމަވެސް އެ ދެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެ ގަރާޖަށް ގެއްލުން ދިން ކަމަށް ބުނާ މީހުން ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން