ނައިިބްރައީސް ފައިސަލް ނަސީމް
ނައިިބްރައީސް ފައިސަލް ނަސީމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދިނުމަށް ނައިބްރައީސް ފައިސަލް ނަސީމް މިރޭ އިލްތިމާސް ކުރައްވައިފިއެވެ.

ނައިބްރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ނުކުރެވި، ސުކޫލުތައްވެސް ބަންދުކުރަން ޖެހުނު ކަމަށެވެ. އަދި ވިޔަފާރިތައް ހުއްޓި އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އެންމެންވެސް ތަޙައްމަލު ކުރަން ޖެހުނުކަމަށް ނައިބް ރައީސވިދާޅުވިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އިތުރަށް ރާއްޖޭގެ ޙާލަތު މިއަށްވުރެ ގޯސްވެގެން ދިއުމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގެންފައެވެ.އަދި ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ޙާލަތަށް ލުއިދިނުމުގެ 3 ވަނަ މަރުޙަލާ ފެށުނު ފަހުން، ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ފަހުން ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނޭ ކަން ފާހަަގަކޮށްލެވެއެވެ.

އިއްޔެ އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިންވެސް 92 މީހުންނަކީ ދިވެހިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން